ލޯ
ސޯފީ އަކީ ލޯ އަނދިރި ކުއްޖެކެވެ. ދުނިޔޭގެ ކުލައާއި ސިފަތައް ވަކި ކުރަންނޭނގޭ ކުއްޖެކެވެ. ސޯފީގެ އެކުވެރިއެއް ނުހުރެއެވެ. އޭނަގެ ހުންނަނީ އޭނަދެކެ އިންތިހާއަށް ލޯބިވާ އޭނަގެ ރާވީއެވެ. އެއީ ސޯފީގެ ލޯބިވެރިޔާއެވެ.
ސޯފީ އަބަދުވެސް ބުނެއެވެ. " އަހަރެން ރާވީ އާ ކައިވެނި ކުރާނީ އަހަރެންގެ ލޮލަށް ފެނުން ލިބުން ދުވަހަކުން"
އެއްދުވަހަކު ކުއްލިއަކަށް އޭނައަށް މީހަކު ދެލޯ ހަދިޔާ ކުރިއެވެ. އެދުވަހަކީ އަލަށް ސޯފީއަށް ރާވީ ފެނުނުދުވަހެވެ. އަދި ހައިރާންވެ އަންތަރީސް ވާ ވަރުވިއެވެ. ސަބަބަކީ ރާވީއަކީ ވެސް ލޯ އަނދިރި މީހަކަށް ވީމައެވެ.
ރާވީ ބުންޏެވެ. " މިހާރު ސޯފީއަށް އަހަރެން ފެނެއެއްނު، ދެން އަވަހަށް ހިނގާ ކައިވެނި ކުރަން "
އެވަގުތު ސޯފީ ބުންޏެވެ. " ދެން ކީއްކުރަން؟ އަހަރެމެންނަކަށް އުފަލެއް ނުލިބޭނެ. އަހަރެންގެ ލޮލަށް މިހާރު ފެނޭ، އެކަމަކު ރާވީގެ ލޮލަކަށް ނުފެނެއެއްނު.. އެހެންވީމާ އަހަރެން ބޭނުމެއްނޫން، އަހަންނަށް މަޢާފު ކުރޭ!"
ފެންކަޅިވެފައި ހުރެ ރާވީ ހިނިތުންވެލިއެވެ. އަދި ބުންޏެވެ. " އަހަންނަށް ވިސްނޭ! އަހަރެން އަބަދުވެސް ބޭނުންވަނީ ސޯފީ އުފަލުގައި ހުރުން.. އަހަރެންގެ ދުޢާއަކީ އަހަރެންގެ ދެލޮލާ އެކު ސޯފީ ހެޔޮޙާލުގައި ލެހެއްޓެވުން. "

No comments:
Post a Comment