ސަމީރު އާއިލާއާއެކު އީކުއޭޓާ ވިލެޖަށް ދިޔައީ ޗުއްޓީ ހޭދަކޮށްލާށެވެ. ކުދިންގެ ޓާމު ޗުއްޓީގައި ހިތްފަސޭހަ ތަނަކަށް ގެންގޮސް އުފާކޮށްލަދޭށެވެ.
ފްލައިޓްގައި އަށްޑޫއަށް ގޮސް ޓެކްސީއެއްގައި ހޮޓަލަށް ދިޔައެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލިތަނާ ސަމީރުގެ ފޯނު ރިންގުވިއެވެ. އޭގައި އޮތީ ސަމީރުގެ ގޭ ފޯނުގެ ނަންބަރެވެ. ހައިރާންވި ކަމަކީ އެއީއެވެ. ގެ ހުންނާނީ ތަޅުލާފައެވެ. އެއްވެސް މީހަކު ގެއަކު ނޫޅޭނެއެވެ.
ކުޑަކޮށް ބިރުން ހުރެ ފޯނު ނެގިއެވެ، އަދި ހަލޯ އޭ ދެތިން ފަހަރަކު ބުންޏެވެ. ނަމަވެސް ސަމީރަށް ޖަވާބެއް ނުލިބުނެވެ. އިވެނީ ގޭތެރޭގެ ތަންތަން ހަލާކު ކުރަނީހެން ހީވާފަދަ އަޑެކެވެ. ސަމީރު ކަންބޮޑުވިއެވެ. ވަގަކު ވަނީ ކަން ސަމީރަށް ޔަގީންވިއެވެ. އެކަމަކު ވަގު ވަދެ ސަމީރަށް ގުޅައި އަންގަންވީ ކީއްވެހެއްޔެވެ؟
ފޯނު ކަނޑާލުމަށްފަހު ސަމީރު ޕޮލިހުންނަށް ގުޅައި ރިޕޯޓްކުރިއެވެ. ޕޮލިހުން ލަސްނުވެ ސަމީރުމެންގެ ގެއަށް ގޮސް ދޮރު ވައްޓާލައިގެން ވަދެ ބެލިއިރު އެއްވެސް މީހަކު ނެތެވެ. ނަމަވެސް ސަމީރު ގެންގުޅޭ ބުޅާ ގޭތެރޭގައި ދުވެދުވެ އުޅެއެވެ. އެސޮރު އެހެން އުޅުމުގެ ތެރޭގައި ފޯނުގެ ރީޑަޔަލް ފިތަށް އޮބިގެން ކޯލު އައީއެވެ.

No comments:
Post a Comment