500 ރުފިޔާއަށް ސިމްކާޑު ގަނެގެން ފޯނުކުރި ޒަމާނެއް ވެސް ދިވެހިން ވަނީ ދެކެފައެވެ. ހަމަ އެގޮތަށް އެސްއެމްއެސް އަކަށް 1 ރުފިޔާ ޗާޖުކުރި ދުވަސް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ވާދަވެރިކަމެއް ނެތް މުވާޞަލާތީ ޚިދުމަތް ވާދަވެރި ސިނާއަތަކަށް ބަދަލުވި ހިސާބުން އެ ޚިދުމަތުގެ އަގުތަކަށް ހެޔޮ ބަދަލު އަންނަން މާ ލަހެއް ނުވިއެވެ.
އަވައްޓެރި އިންޑިޔާ މީހުންނަށް މިހާރު އޮތީ އަދި މިއަށްވުރެ އުފާވެރި ޚަބަރެކެވެ. ޒަމާން ތަކެއް ވަންދެން އިންޑިޔާގައި ޚިދުމަތް ދެމުން އަންނަ އެއާޓެލް އިން ވަރަށް އަގުހެޔޮ ޕެކޭޖްތަކެއް އިއުލާނު ކޮށްފިއެވެ. 2 ޑޮލަރުގެ މަހު ފީއަކުން ވޮއިސް ކޯލު މުޅި އިންޑިޔާގައި (އެއާޓެލްގެ ކަސްޓަމަރުންގެ މެދުގައި) ހިލޭ ކުރެވޭ އިރު 5 ޑޮލަރުގެ ފީއަކުން އިންޑިޔާގެ ހުރިހާ ނެޓްވޯކަކަށް ވެސް ހިލޭ ގުޅޭގޮތަށް ހަދަން ވަނީ ހުށަހަޅާފައެވެ. ހިލޭ ވޮއިސްކޯލު ލިބޭއިރު ޑޭޓާގެ ވަކި މިންވަރެއްވެސް ހިލޭ ލިބެއެވެ.
އެއާޓެލްގެ އާމްދަނީގެ 70 އިންސައްތައަކީ ވޮއިސް ކޯލުން ލިބޭ ފައިސާ ކަމަށް ވިޔަސް މިފަދަ ބޮޑު ބަދަލެއް ގެންނަން މަޖުބޫރުވީ 2015 އަހަރުގެ ފަހުކޮޅު ޚިދުމަތް ދޭންފެށި ރިލަޔަންސް ޖިއޯ ނެޓްވޯކުން ހިލޭ ވޮއިސްކޯލުގެ ޚިދުމަތް ދޭންފަށައި އިންޑިޔާގެ މާކެޓުގެ ބޮޑުބައެއް އަތުލަން ފެށުމުންނެވެ.

No comments:
Post a Comment