
ދިވެހި ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ވައްކަމާ ގުޅޭ ގޮތުން ގަތަރުގެ އަލްޖަޒީރާއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ނެރުނު "ސްޓީލިން ޕެރަޑައިސް" އިނގިރޭސިވިލާތުގެ މަޝްހޫރު އެވޯޑަކަށް ޝޯޓްލިސްޓްވެއްޖެ އެވެ.
އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް ވިލް ޖޯޑަން އިސްވެ ހުރެ އުފެއްދި ޑޮކިއުމަންޓްރީ ޝޯޓް ލިސްޓްވެފައި ވަނީ ލަންޑަންގެ ފޮރިން ޕްރެސް އެސޯސިއޭޝަނުން ދޭ "2016 އެފްޕީއޭ މީޑިއާ އެވޯޑްސް" އަށެވެ.
ސްޓީލިސް ޕެރަޑައިސް ޑޮކިއުމަންޓްރީ ހެދި ވިލް ޖޯޑަން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޑޮކިއުމަންޓްރީ އެ އެވޯޑަށް ޝޯޓް ލިސްޓްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ޑޮކިއުމަންޓްރީ ޝޯޓް ލިސްޓްވެފައި ވަނީ ޗިލްޑްރަން އޮން ދަ ފްރަންޓް ލައިން: ދި އެސްކޭޕް ނަމުގައި ޗެނަލް 4 އިން ހެދި ޑޮކިއުމަންޓްރީ އާއި ރެޑް ވެލްވެޓް ފިލްމް އިން ހެދި "ބޮލްޝޮއި ބޭބީލޮން" އާއެކު އެވެ.
އަލް ޖަޒީރާއިން ހެދި ޑޮކިއުމަންޓްރީގެ މަންޒަރެއް.
އެ ޖަމިއްޔާގެ ވެބްސައިޓްގައި ބުނެފައި ވަނީ އެފްޕީއޭ އިން ދޭ އެވޯޑު ހަފުލާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު ލަންޑަންގެ ޕާކް ލޭން ހޮޓެލްގައި ކަމަށެވެ. އެ ހަފުލާގައި ތަފާތު އެކި ކެޓަގަރީން ޝޯޓް ލިސްޓްވި އެހެން ދާއިރާތަކުން ހޮވުނު އެކި ފަރާތްތަކަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ އެފްޕީއޭގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ސަރުކާރުން ހިންގާ ކޮރަޕްޝަންތަކާއި ޖަރީމާތަކާ ގުޅޭ ގޮތުން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި އަލްޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީގައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ޑޮކިއުމެންޓަރީގައި ގިނައިން ބޭނުންކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ލިބިފައިވާ ޓެކްސްޓް މެސެޖްތަކާއި ބައެއް ލިއުންތަކާއި އަދީބާ ކައިރީގައި އުޅުނު ބައެއް މީހުންގެ އިންޓަވިއުތަކެވެ.

No comments:
Post a Comment