އީމެއިލް
އުޅުނު ޤައުމު ދޫކޮށް އެހެން ޤައުމަކަށް ހިޖުރަ ކުރި ދެމަފިރިއެކެވެ. ދެމީހުން އުޅޭނެ އެޕާޓްމެންޓެއް ބަލަން ދާން އުޅެނިކޮށް އެދުވަހު ކުއްލި ގޮތަކަށް އަނބިމީހާއަށް އޮފީސް ދަތުރެއްގައި އެހެން ޤައުމަކަށް ފުރަން ޖެހުނެވެ. އަނެއް ދުވަހު ހެނދުނު އަންނަ ގޮތަށް އަނބިމީހާ ފުރިއެވެ.
ފިރިމީހާ، އެޕާޓްމެންޓް ބެލުމަށް ފަހު އަވަހަށް އަނބިމީހާއަށް މެއިލްއެއް ފޮނުވަން ނިންމިއެވެ.
ފިރިމީހާއަށް ނޭނގި އަނބިމީހާގެ މެއިލް އެޑްރެސް ކަމަށް ހީކޮށް އެއް އަކުރު ނުބައިކޮށް ޖެހި މެއިލް ފޮނުވުނީ މުސްކުޅި އަންހެނަކަށެވެ. އެއީ ސިޓީ ބަހާ މީހެއްގެ އަންހެނުންނެވެ، ނަމަވެސް އޭނަ ފިރިމީހާ މަރުވީ އިއްޔެ ހަވީރެވެ.
މި މުސްކުޅި އަންހެން މީހާއަށް މެއިލް ފެނުމާއެކު ހަޅޭލަވައިގަނެފައި މަރުވެގެން ބިއްމައްޗަށް ވެއްޓުނެވެ.
މީނާ ހަޅޭލަވައިގަތް އަޑަށް އާއިލާގެ މެމްބަރުން ދުވެފައި ކޮޓަރިއަށް އައި އިރު ކޮމްޕިޔުޓަރު ސްކްރީނުގައި ވަނީ މިހެންނެވެ.
" ލޯބިވާ އަނބިމީހާ،
އަހަރެމެންގެ މަންޒިލަށް އާދެވިއްޖެ، މާދަމާ ކަލާ އަންނަން ތައްޔާރުވޭ! މިހާރު ކުރަންވީ ހުރިހާ ކަމެއް ހުރީ ނިމިފައި.. އެކަމަކު މިތަން ވަރަށް ހޫނު ގަދެއޭ!!!"

No comments:
Post a Comment