ގޯލްޑްފިޝްގެ ރީތީގެ ރާނީ ހޮވުމަށް ޗައިނާގައި މުބާރާތެއް ބާއްވައިފިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި ބޭއްވި އިންޓަނޭޝަނަލް ގޯލްޑްފިޝް ޗެމްޕިއަންޝިޕަކީ ދުނިޔޭގައި ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި 14 ގައުމަކުން ތިން ހާހަށްވުރެ ގިނަ ގޯލްޑްފިޝް ބައިވެރިކޮށްފައި ވެއެވެ. އޭގެތެރޭގައި ބްރެޒިލާއި މެލޭސިއާ އަދި އިންޑޮނޭޝިއާ ގެ ބައިވެރިން ހިމެނެއެވެ. މުބާރާތް ކާމިޔާބުކޮށް ގޯލްޑްފިޝްގެ ރާނީއަކަށް ހޮވާފައިވަނީ ބަރުދަނުގައި1.75 ކިލޯ ހުރި ބިޔަ ގޯލްޑްފިޝްއެކެވެ. މުބާރާތުގައި ބައިވެރިވި، ގޯލްޑްފިޝް ގެންގުޅުމުގެ ތަޖުރިބާކާރުން ބުނާގޮތުގައި އެހާ ބިޔަ ގޯލްޑްފިޝްއެއް މީގެ ކުރިން އެމީހުން ނުދެކެއެވެ.
ރީތީގެ ރާނީގެ އިތުރުން ނަސްލާއި ކުލަ، މަހުގެ ބައްޓަމާއި ދުވާ ގޮތަށް ބަލައި އިތުރު ކެޓަގަރީތަކުން ވެސް ވަނަ ހޮވާފައިވެއެވެ.

No comments:
Post a Comment